މިފަހަރުވެސް ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑި ހެނދުނު 9 ން މެންދުރު 1 އަށް

މިފަހަރުވެސް ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑި ހެނދުނު 9 ން މެންދުރު 1 އަށް

ކުރިއަށް އޮތް ރަމަޞާން މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ކުރިންވެސް ހަމަޖައްސާފައި އޮންނަ ގަޑި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ކުރިއެކޭވެސް އެއްގޮތަށް މިފަހަރުވެސް ރޯދަ މަހު ސަރުކާރު އޮފީސް ތަކުގެ ރަސްމީ ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރޯދަ މަހުގެ ރަސްމީ ގަޑި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށެވެ. މި އުސޫލަކީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ކަމުގައި ރައީސް އޮފީހުން ހަމަޖައްސާފައިވާ އުސޫލެކެވެ.

މިގޮތަށް ރައީސް އޮފީހުން އެންމެ ފުރަތަމަ ނިންމާފައި ވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *