ދިވެހިރާއްޖޭގެ މީހުން ސީރިއާއަށް ދިއުން ހުއްކޮށް، މިހާރު އެ ގައުމުގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ރާއްޖޭން ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ނަގައިފިއެވެ.
ދިވެހިން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓެއް ކޮންމެ އަހަރަކުވެސް އެއް ފަހަރު ދަނީ ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރުނު ލިސްޓުގައި ސީރީއާ ވަނީ އުނިކޮށްފައެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސީރިއާ އޮތީ ދިވެހިން ގޮސް އުޅުން މަނާ ގައުމުތަކުގެ ލިސްޓުގައެވެ.
ދިވެހިރާއްޖޭގެ ސަރުކާރުން މިގޮތަށް ނިންމިއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު ވަނީ ޓެރަރިސްޓުންގެ ލިސްޓުން ސީރިއާގެ ނަން އުނިކޮށް އެ ގައުމަށް ދިއުން ހުއްދަކޮށްފައެވެ.
ސީރިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އަކީ އެ ގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. ސީރިއާގައި ދިގު ވެރިކަމެއް ކުރެއްވި ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލީ މި ޖަމާއަތުންނެވެ.




