ކުޑަކުދިން ލައްވާ ކުށް ކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނަން: ނަވީން 

ކުޑަކުދިން ލައްވާ ކުށް ކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނަން: ނަވީން 

ކުޑަކުދިން ލައްވާ ކުށް ކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވެއްޖެެ އެވެ.

ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވާ މި ދަނޑިވަޅުގައި ނަވީން ވިދާޅުވީ

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށެވެ. އަދި އެފަދަ ކުދިން ބޭނުންކޮށްގެން ކުށް ކުރާ ފަރާތްތަކަށް ދޫދިނުމެއް ނެތި އަދަބު ދެވޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ހިދުމަތުން އެފަދަ މައްސަލަތައް ބަލައި، ކުށްވެރިންނަށް ގާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެ." ސީޕީ ވިދާޅުވިއެވެ.

މިއީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ، އެންމެންގެ އިޖުތިމާއީ ޒިންމާއެއް ކަމަށާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރެއްވުމަށް ސީޕީ ގޮވާލެއްލެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *