ޕެންޝަން އޮފީހުގެ ސީއީއޯވެސް އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ސީއީއޯވެސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ހުންނެވި ޝުޖާތާ ހަލީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސުޖާތާވެސް އިސްތިއުފާ މިދެއްވީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓު ކުރަން އުޅޭތީ އެކަމާ ހިތްހަމަނުޖެހި ޕެންޝަން އޮފީހުގެ އިސްބޭފުޅުންތަކެއް މީގެކުރިން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

މި މައްސަލައާއި ގުޅިގެން މީގެކުރިން އެ އޮފީހުން އިސްތިއުފާ ދެއްވީ، ބޯޑު މެމްބަރު ޝަރުވަޝް އާދަމް އާއި ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފައުޖީ އަދި ބޯޑުގެ ޗެއާާސަން އަދި ކުރީގެ މާލީ ވަޒީރު އަޙްމަދު އީނާޒެވެ.

ޕެންޝަން އޮފީހުގެ އިސްވެރިން މަގާމު ދޫކުރައްވައި ވަޑައިގަންނަވާއިރު، އެ އޮފީހުން އިއްޔެ ވަނީ 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުން ކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ނިންމާފައިވާކަން ޔަގީންކޮށްދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *