އީރާނުން ޓްރަމްޕަށް: މާގިނަ އަނގަނުތަޅައި ހިތްވަރެއް ހުރިއްޔާ ހަމަލާއެއް ދީބަލަ!

އީރާނުން ޓްރަމްޕަށް: މާގިނަ އަނގަނުތަޅައި ހިތްވަރެއް ހުރިއްޔާ ހަމަލާއެއް ދީބަލަ!

ވާހަކަ ގިނަނުކޮށް، ހިތްވަރެއް ކުރިއްޔާ އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ ރައީސް ޓްރަމްޕަށް ގޮވާލައި، އީރާނުން އަނެއްކާވެސް އެމެރިކާއަށް ވަރުގަދަ އިންޒާރުތަކަށް ދީފިއެވެ.

ޓްރަމްޕް އީރާނަށް ތަކުރާރުކޮށް އިންޒާރު ދެމުންގެންދާތީ، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެމެރިކާއަށް އިންޒާރުދީ ވިދާޅުވީ، އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ އީރާންގެ ފައުޖުތައް އޮތީ ލަހެއް ފަހެއް ނެތި ރައްދު ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

އޭނާ.ވިދާޅުވީ، ހުސްވި އަހަރު އިޒްރޭލަށް ދިނީ އަދި މާބާރުގަދަ ހަމަލާއެއް ކަމަށް ނުބެލުމަށެވެ. އެފަހަރުގެ ތަޖުރިބާ އިން އީރާން އިތުރަށް މިހާރު ވަރުގަދަ ވެފައިވާ ކަމަށް ވިދާޅުވި އެވެ.

އީރާނުން ބުނީ އެ ގައުމަށް ހަމަލާދޭން އެމެރިކާއަށް އެއްވެސް ގޮތަކުން އެހީތެރިވާ ގައުމަކީ ވެސް އީރާނުގެ ދުޝްމަނެއް ކަމަށާއި، އެމެރިކާއަށް އެހީވާ ގައުމަކަށް ވެސް އީރާނުގެ ކަޅި ހިނގާނެ ކަމަށެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" މިހާރު ވަނީ ފޯރާފައެވެ. އެހެންވެ އިރާނުން މިހާރު ދަނީ ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *