ދަރިވަރަކަށް ޖިންސީ ގޯނާކުރި ޓީޗަރަކަށް 60 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާތަކެއް ކޮށްފި

ދަރިވަރަކަށް ޖިންސީ ގޯނާކުރި ޓީޗަރަކަށް 60 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާތަކެއް ކޮށްފި

މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކަށް ދައުވާކުރަން ފޮނުވައިިފިއެވެ.


ޕީޖީ އޮފީހުން ވިދާޅުވީ، މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ސްކޫލުގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ މަގާމު އަދާކުރަމުންދިޔަ މ.ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާކަމަށެވެ.

މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދަޢުވާތަކެއްކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޝުޢައިބު ޢަބްދުﷲގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާތައް:

  • އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން
  • އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން
  • އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން
  • އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން
  • ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުން

މި ދަޢުވާތައް ސާބިތުވެއްޖެނަމަ، ޝުޢައިބު ޢަބްދުﷲގެ މައްޗަށް މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *