ހުޅުމާލެ 3 ހިއްކައި ނިމިއްޖެ، ދެން ފަށާނީ ގިރާވަރު ފަޅު ހިއްކަން

ހުޅުމާލެ 3 ހިއްކައި ނިމިއްޖެ، ދެން ފަށާނީ ގިރާވަރު ފަޅު ހިއްކަން

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

ޕީއެންސީގެ ކެމްޕެއިން ހަރަކާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ކަނޑު ފަޅުން ދިން ގޯތިތައް ހިއްކައި ނިންމައި، ހަވާލު ކުުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާ ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވިއެވެ.

"ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި އޮތީ ހިއްކާ ނިމިފައި މިހާރު، ގިރާވަރުފަޅު، ގުޅީފަޅުން ގޯތިތައް ދީ ނިމި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑެރަޖަރު އޮތީ އެތަނުގެ ކައިރީގައި،". ރައީސް ވިދާޅުވިއެވެ.

އުތުރުތިލަފަޅު ހިއްކަންވެސް ތައްޔާރުވަމުން އަންނަ ކަމަށާއި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އޭޕްރީލް މަހުގެ ތެރޭގައި ފުށިދިއްގަރުފަޅު އެއްކޮށް ހިއްކައި ނިމޭނެ އެވެ. އަދި އެހާ ހިސާބަށް ދާއިރު އެ ތަނުން ގޯތި ލިބޭ މީހުން ކަނޑައެޅޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *