ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މިމަހު ތެލެސީމިއާ އެލަވެންސް ދެނީ

ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މިމަހު ތެލެސީމިއާ އެލަވެންސް ދެނީ

ތެލަސީމިއާ ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ދޭ އެލަވަންސް ލިބޭނީ ތެލަސީމިއާ ސެންޓަރުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަމަށް ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮޕަތީސް ސެންޓަރުން ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުން ޕީއެސްއެމްއަށް މައުލޫމާތު ދެމުން ބުނީ މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ ސެންޓަރުގައި ދަފްތަރު ކުރެވިފައިވާ 651 ފަރާތްތަކަށް މިމަހު އެލަވަންސް ލިބޭނެކަމަށެވެ.

އެ ސެންޓަރުން ބުނީ ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ރިޢާޔަތްކޮށް އެކުލަވާލި ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދުގައިވެސް، އެލަވަންސް ލިބުމަށް ޝަރުތު ފުރިހަމަވާނީ ތެލަސީމިއާ ސެންޓަރުގައި ދަފްތަރުވެފައިވާނަމަ ކަމަށެވެ. އަދި މިއެލަވަންސް ލިބޭނީ އެކަމަށް އެދި ހުށަހެޅުމުން ކަމަށެވެ.

"މިވަގުތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިނގަމުންމިދާ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތެލަސީމިއާ ސެންޓަރ، މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ ސެންޓަރުގަ ދަފްތަރުކުރެވިފައިވާ ހުރިހާ ފަރާތްތަކަކަށްވެސް (އެލަވަންސް) ލިބޭ ގޮތަށް މި ވަނީ. އެކަމަކު އެލަވެންސެއް ލިބޭނީ އެލަވަންސަށް އެޕްލައި ކުރުމަށްފަހު."  ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮޕަތީސް ސެންޓަރުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *