މިދިޔަ 2025 ވަނަ އަހަރު ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް، (ޕީއެސްއައިޕީ) އަށް 8.6 ބިލިޔަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ އަހަރު ޕީއެސްއައިޕީން އެންމެ ބޮޑު ހަރަދެއްކުރީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ތަކަށެވެ. އެއާޕޯޓުތައް ތަރައްގީ ކުރުމަށް މިދިޔަ އަހަރު 3.4 ބިލިޔަން ރުފިޔާ ރަދުކޮށްފައިވާ ކަމަށް ފިނޭންސް އިން ވަނީ ބުނެފައެވެ.
ނަމަވެސް މުޅި ދައުލަތް ހިމެނޭހެން އެންމެ ބޮޑު ހަރަދެއްކޮށް ކޮށްފައިވާ ކަމަށް ތަފާސްހިސާބު ތަކުން ދައްކަނީ، ދަތުރު ފަތުރުގެ ދާއިރާއަށެވެ.
އެ ދާއިރާއަށް 4.7 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއާ ޖެހިންގެން ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ބިން ހިއްކުމަށް، 1.2 ބިލިޔަން ރުފިޔާއެވެ.
އެއަށްފަހު ތިމާވެށި ހިމާޔަތް ކުރުމަށް 696 މިލިޔަން، ސިއްހީ ދާއިރާއަށް 460 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
މީގެއިތުރުން ފެނާއި ނަރުދަމާ ނިޒާމަށް 366 މިލިޔަން ރުފިޔާ، ބޯހިޔާވަހި ކަމުގެ މަޝްރޫއަށް 104 މިލިޔަން ރުފިޔާ ހަރަދުކޮށް ފައިވާ ކަމަށްވެސް ބުނެފައިވެއެވެ.




