މަޖިލީހުގެ ރައީސް ސައުދީއަރަބިއްޔާއަށް ވަޑައިގެންފި

މަޖިލީހުގެ ރައީސް ސައުދީއަރަބިއްޔާއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅަކީ ސައުދީއަރަބިއްޔާގެ ގާނޫނުހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދައުވަތަކަށް ކަމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއަދު ސައުދީއަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

މަޖިލިސް ރައީސް އަރިހުގައި މަޖިލީހުގެ ބަޔެއް މެމްބަރުންވެސް ސައުދީއަރަބިއްޔާއަށް ވަޑައިގެންނެވިއެވެ. އޭގެތެރޭގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ހިމެނިވަޑައިގެންނެވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *