ޑިމޮކްރެޓްސް އުފެއްދި ޖަލްސާގެ ތެރެއިން. އެ ޕާޓީ އުފެއްދީ 2023 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު. ނަމަވެސް ޑިމޮކްރެޓްސް ވެގެންދިޔައީ ނާކާމިޔާބު ޕާޓީއަކަށް

ޑިމޮކްރެޓްސްއިން ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނިންމައިފި

ޑިމޮކްރެޓްސްއިން ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނިންމައިފި

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީީޕީ ރޫޅާލާނެ ކަމަށް ބުނުމަށްފަހު، އެމްޑީޕީ ދޫކޮށްދިޔަ މެމްބަރުން އުފެއްދި ދަ ޑިމޮކްރެޓްސްއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނިންމައިފިއެވެ.

ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ، ޑިމޮކްރެޓްްސް އިން މިހާރު ވަނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ނުކުންނަން ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ޕާޓީން ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރަން ނިންމައި އިލެކްޝަންސް ކޮމިޝަނާއެކުވެސް މަޝްވަރާ މައުލޫމާތު ސާފު ކޮށްފައިވާ ކަމަށެވެ.

2023 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްޑީީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން އުފެއްދި ޑިމޮކްރެޓްސް ވަރަށް ފޯރީގައި އުފެއްދި ނަމަވެސް، އެ ޕާޓީ ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ތަރުހީބެއް ނެތް ތާއީދެއް ނެތް ޕާޓީއެއްގެ ގޮތުގައެވެ. ރިޔާސީ އިންތިޚާބުގައިވެސް އެ ޕާޓީގެ ކެންޑިޑޭޓަށް ލިބުނީ ނިސްބަތުން މަދު ވޯޓެވެ. އެއަށްފަހު އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލި ހުރިހާ ކެންޑިޑޭޓުންނަށް ވަނީ ނާކާމިޔާބު ވެފައެވެ. އެއާއެކު ސިޔާސީ ގޮތުން ކުރިމަގު ނެތް ޕާޓީއެއް ކަމަށް ބަލައި ޑިމޮކްރެޓްސް އުފައްދަން އެމްޑީޕީ ދޫކުރައްވައި ދިޔަ ގިނަ ބޭފުޅުން މިހާރު ވަނީ އެނބުރި އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ހުޅުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *