ކައުންސިލް އިންތިހާބަކީ ވޯޓަކުން ސަރުކާރަށް މެސެޖެއް ދޭން ލިބޭ ފަހު ފުރުސަތު: ޝާހިދު

ކައުންސިލް އިންތިހާބަކީ ވޯޓަކުން ސަރުކާރަށް މެސެޖެއް ދޭން ލިބޭ ފަހު ފުރުސަތު: ޝާހިދު

ލޯކަލް ކައުންސިލް އިންތިޚާބަކީ ވޯޓަކުން މި ސަރުކާރަށް މެސެޖެއް ދޭން ލިބޭ ފަހު ފުރުސަތު ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފައި، ރައްޔިތުން މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކައުންސިލް  ޕްރައިމަރީގައި ވޯޓު ލެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ އޭނާގެ އެދުމަކީ ޕްރައިމަރީގައި ކާމިޔާބުވާ ބޭފުޅުންގެ ފަހަތުގައި ހުރިހާ އެންމެން ވެސް ތިބުން ކަމަށެވެ. ޝަހީދު ވިދާޅުވީ ކުރިމަތީގައި އޮތް ޚުދުމުޚްތާރު، އަނިޔާވެރި އަދި ދޮގާއި ފަސާދައާއި ކޮރަޕްޝަން ސަރުކާރުގެ ކުރިމަތީގައި އެމްޑީޕީން ނުކުމެ އަތުގުޅައިލަން ޖެހޭ ކަމަށެެވެ.

ވޯޓަކުން ސަރުކާރަށް މެސެޖެއް ދޭން ލިބޭ ފަހު ފުރުސަތު މިއީ. އެހެންވީމަ މި ފުރުސަތުގައި އަޅުގަނޑުމެން ޖެހޭނީ ސަރުކާރުގެ ގޮތެއް ފޮތެއް ނެތް ސިޔާސަތުތަކަށް ނޫނެކޭ ބުނަން. އިރާދަކުރެއްވިއްޔާ ކައުންސިލް އިންތިޚާބުގައި ބޮޑުތަނުން [ސަރުކާރު] ބަލިކޮށްލާނަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއަދު ފެނިގެންމިދަނީ އެމްޑީޕީގެ މަސައްކަތްތައް ތަރުތީބުވާ މަންޒަރު ކަމަށެވެ. އަދި ސަރުކާރަށް ނޫނެކޭ ބުނެ، އެމްޑީޕީން ނުކުމެ ކައުންސިލް އިންތިޚާބު ބޮޑުތަނުން ބަލިކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *