ކޮތަޅާއި، ތަކެތި ބަންދުކުރާ ކަރުދާސްތަކުގައި ﷲގެ އިސްމުފުޅު ބޭނުން ކުރުން މަނާކޮށްފި

ކޮތަޅާއި، ތަކެތި ބަންދުކުރާ ކަރުދާސްތަކުގައި ﷲގެ އިސްމުފުޅު ބޭނުން ކުރުން މަނާކޮށްފި

ކޮތަޅުތަކާއި އެއްޗެހި ބަންދުކުރަން ބޭނުންކުރާ ކަރުދާހުގައި މާތްﷲގެ އިސްމުފުޅުތައް ބޭނުންކުރުން ސަޢުދީ ޢަރަބިއްޔާގައި މަނާކޮށްފިއެވެ. އެ ޤައުމުގެ ސަރުކާރުން އެ ގޮތަށް ނިންމީ މާތްﷲގެ އިސްމުފުޅުތަކަށް އިޙްތިރާމް އަދާކުރުމުގެ ގޮތުންނެވެ.

ސަޢުދީ ޢަރަބިއްޔާގެ ކޮމަރސް މިނިސްޓްރީގެ ތަރުޖަމާނު އަބްދުލްރަޙްމާން އަލްޙުސައިން ވިދާޅުވީ ކޮތަޅާއި ހަދިޔާފަދަ ތަކެތި ބަންދުކުރުމަށް ގެންގުޅޭ ކަރުދާހަކީ އޭގެ ބޭނުމުގައި ވެސް އުކާލެވޭ އަދި އިޙްތިރާމް ކުޑަކޮށް ބޭނުންކުރެވޭ ތަކެތި ކަމަށްވުމުން އެ ތަކެތީގައި މާތްﷲގެ އިސްމުފުޅު ބޭނުންކޮށްފައި ހުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.

އެހެން ކަމުން ވިޔަފާރިތަކުން އެ މީހުންގެ ވިޔަފާރި ބޭނުމަށް އެފަދަ ތަކެތީގައި މާތްﷲގެ އިސްމުފުޅު ބޭނުންކުރުން މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެ ޤައުމުގެ ކޮމަރސް މިނިސްޓްރީން ވަނީ ވިޔަފާރީގެ ނަންތަކުގައި ވެސް މާތްﷲގެ އިސްމުފުޅު ހިމެނޭ ނަންތައް ފާސްކޮށްދިނުން ހުއްޓާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *