އަހަރު ދުވަސް ނުވަނީސް މަރުވާނެ ކަމަށް ޑޮކްޓަރުން ނިންމައިފިއްޔާ ޕެންޝަން ފައިސާ ނެގޭގޮތް ހަދަނީ

އަހަރު ދުވަސް ނުވަނީސް މަރުވާނެ ކަމަށް ޑޮކްޓަރުން ނިންމައިފިއްޔާ ޕެންޝަން ފައިސާ ނެގޭގޮތް ހަދަނީ

މަރުނުވެ، ގިނަ ވެގެން ދުނިޔޭގައި ހުންނާނީ އެއް އަހަރު ކަމުގައި ޑޮކްޓަރުން ވިދާޅުވެއްޖެނަމަ، ޕެންޝަން ފައިސާ ނެގޭގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ޕެންޝަނާބެހޭ ގާނޫނަށް މި އިސްލާޙު ހުށަހެޅީ، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. މި އިސްލާޙުގައި ބުނެފައިވާ ގޮތުން ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުންނެވެ. ނަމަވެސް އެއީ ވަކި ޝަރުތެއް އޮވެގެންނެވެ. އެ ޝަރުތަކީ ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ މީހުންނަށް ވުމެވެ. އެ ޙާލަތް ކަމުގައި ބުނެފައި ވަނީ އެމީހަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ދެމުންދިޔަ ނަމަވެސް، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވުމެވެ. 1 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ދުނިޔޭގައި ނުހުންނާނެ ކަމަށް ޑޮކްޓަރުން ނިންމުމެވެ.

ބިލުގައި ބުނެފައި ވަނީ މީހަކު ދުނިޔޭގައި ހުންނާނެ އެންމެ ދިގު އުމުރު 1 އަހަރު ކަމުގައި ޑޮކްޓަރުން ނިންމި ނަމަވެސް، ޕެންޝަން އެކައުންޓުގައި ހުރި ފައިސާ ދޫކުރާނީ އެކިފަހަރު މަތިން ބަހާލައިގެން ނުވަތަ އެއްފަހަރާއެވެ. އެކަން ނިންމަނީ ޙާލަތަށް ބަލައިގެން ކަމަށެވެ.

މީގެއިތުރުން، ޕެންޝަނުގެ ފައިސާ ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ދައްކަން ދޫކުރެވިދާނެ ކަމަށް ބިލުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *