އެއްވެސް މީހަކު ބާކީނުކޮށް، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަން ކުރުމުގައި ދެމިތިބޭނަން: ރައީސް

އެއްވެސް މީހަކު ބާކީނުކޮށް، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަން ކުރުމުގައި ދެމިތިބޭނަން: ރައީސް

އެއްވެސް މީހަކު ބާކީނުކޮށް، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް، އެފަދަ ރާއްޖެއެއް ބިނާ ކުރުމުގައި ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގައި ބްރެއިލް ދުވަހެއް ފާހަގަ ކުރަނީ އުނގެނުމަށް ބްރެއިލްއިން ހުޅުވައިލަދޭ ދޮރުތަކާއި އޭގެ ސަބަބުން ލިބިގެންދާ މިނިވަން ކަމަށް ކަމަށެވެ. އަދި އެއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ބާރު ލިބޭ އެއްޗެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް، އެންމެން ޝާމިލުވާ ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާ ކުރެވޭނީ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މައުލޫމާތާއި ފުރުސަތުތައް ލިބިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސައްކަތް ކުރައްވަނީ ކޮންމެ ނިންމުމެއްވެސް އެންމެން ޝާމިލުވާ ގޮތަށް ނިންމޭތޯ ކަމަށެވެ. އަދި  އެއްވެސް މީހަކު ބާކީނުކޮށް، ފުރުސަތުތައް ފަހިކޮށްދީ އެފަދަ ރާއްޖެއެއް ބިނާ ކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް އޮތް ގޮތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *