ޗޮކްލެޓް ސިރަޕް ފުޅި ތަކަކަށް ޑްރަގު އަޅައިގެން ރާއްޖެ އެތެރެކުރަން އުޅުމުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުޅިތަކުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއެވެ. މި ފުޅިތައް ހުރީ ވަރަށް ރަނގަޅަށް ބަންދު ކޮށްފައި ކަމަށްވެއެވެ.
ކަސްޓަމްސްއިން ބުނީ އެ ފުޅިތަކާމެދު ޝައްކު ކުރެވިގެން ފުޅިތައް ސްކޭންކޮށް ބެލިއިރު، އޭގައި ހުރި އެއްޗެހި ހަޝިޝް އޮއިލަށް ޕޮޒިޓިވްވެފައިވާ ކަަމަށެވެ. މި ފުޅިތައް ކަނޑުގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ 10 ފޮށިގަނޑެއްގައެވެ.
ފުލުހުން އެމީހާ ހައްޔަރުކުރި ނަމަވެސް އެކަމާބެހޭ އިތުރު މައުލޫމާތެއް އަދި ޙިއްސާ ނުކުރެއެވެ. ކަސްޓަމްސް އިން ބުނީ އެކަމުގެ މައުލޫމާތު ފަހުން ޙިއްސާ ކުރާނެ ކަމަށެވެ.




