ފޭސް އެކަކުން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ 10 ޕަސެންޓް ޑިސްކައުންޓް ދެނީ

ފޭސް އެކަކުން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ 10 ޕަސެންޓް ޑިސްކައުންޓް ދެނީ

ހުޅުމާލޭގެ ފޭސް 1 ގައި ސޯޝަލް ކެޓަގަރީން ފައިސާ ދައްކައިގެން އަމިއްލަކުރާ ގޮތަށް، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް އެއްވެސް މާލީ ލުޔެއް ލިބިފައި ނެތް ކަމަށާއި އެހެންކަމުން މި ގޯތިތަކުގެ އެގްރީމަންޓުގައިވާ ޖުމްލަ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް ސަރުކާރުން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރޭ ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއްގައި ދިރިއުޅޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ފޭސް އެކަކުން ދޫކޮށްފައިވާ ގޯތިތަކުގެ ބާކީ ދައްކަން އޮތް އަދަދުން އެބައި ކެނޑިގެން ދާނެކަމަށެވެ. ރައީސް ވިދާޅުވީ، ހުޅުމާލޭގައި ގެދޮދު އިމާރަތް ކުރުންވެސް 10 ބުރިއަށް ހެދޭގޮތަށް ބަދަލުކޮށް ދެއްވާނެ ކަމަށާއި، ނަމަވެސް ގޭގެ އެންމެ ތިރީބުރީގައި ޕާކިން އޮތުން މަޖުބޫރު ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ޕާކިންގ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ދިހަބުރިއަށް ޢިމާރާތް ނަގާކަމަށް ވަނީނަމަ، ތިރީފްލޯގައި ޕާކިންގ ގާއިމު ކުރުމަކީ މަޖުބޫރު ކަމެއް ކަމުގައި ހައްދަވާނެ ކަމަށެވެ. އެގޮތުން އެގޭގައި ދިރިއުޅޭ ރައްޔިތުންގެ ޕާކިންގއަށް އެންމެ ތިރީފްލޯ ޚާއްޞަ ކުރެވި، މީގެއިތުރުން އެއްފްލޯ ނޮން-ރެޒިޑެންޝަލް ޔޫސްއަށް ބޭނުން ކުރަން ޝަރުތު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެއީ ކޮމާޝަލްވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގޯތިތަކުގައި ދިހަބުރިއަށް ޢިމާރާތް ކުރެވޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *