އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ތާރީޚް އަވަސް ކޮށްފި

އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ތާރީޚް އަވަސް ކޮށްފި

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމުގެ ގޮތުން އޮންނަ ޕްރައިމަރީ ބާއްވާ ތާރީޚު އަވަސް ކޮށްފިއެވެ.

ޕްރައިމަރީ ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ އަންނަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު ވަނީ ޖެނުއަރީ މަހުގެ 16 ވާ ހުކުރު ދުވަހަށް އަވަސް ކޮށްފައެވެ.

އެމްޑީޕީން ބުނީ ޖެނުއަރީ 30 ވަނަ ދުވަހު ބާއްވަން ކުރިން ކުރި އިއުލާނު މިހާރު ވަނީ ބާތިލުކޮށްފައި ކަމަށެވެ. އެމްޑީީން ބުނީ ޕްރައިމަރީ ބާއްވާ ތާރީޚު އަވަސް ކުރަން ޖެހުނީ ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ޖެނުއަރީ 17 ގައި ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކަމަށެވެ. އަދި 17 ގައި ހުޅުވާލުމަށްފަހު 14 ދުވަހުގެ މުއްދަތެއް ކުރިމަތިލާން އީސީން ދޭނަމަ، ޖެނުއަރީ 30 ގައި ކުރިން ބާއްވަން އުޅުނު ޕްރައިމަރީ މާބޮޑަށް ފަސްވާތީއެވެ.

ޑީޕީން ކުރިން އިއުލާނު ކޮށްފައިވާ ގޮތުން ޕްރައިމަރީ ބާއްވަން އޮތީ ޖެނުއަރީ 30، ގަ އެވެ. ނަމަވެސް އެ އިއުލާން ވަނީ މިއަދު ބާތިލުކޮށްފަ އެވެ.

"18 ޑިސެމްބަރ 2025 ގައި އާންމުކުރެވުނު ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީ އިންތިޚާބުގެ މިޕާޓީގެ ޓައިމްލައިން ވަނީ ބާޠިލް ކުރެވިފައެވެ." އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ވެއެެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ޖެނުއަރީ 16 ވަނަ ދުވަހު މެންދުރުފަހު 2:30 ން ރޭގަނޑު 8 ޖެހުމާއި ހަމައަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *