ޔާމީންގެ ތާއީދާއެކު މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު ނުކުންނަނީ

ޔާމީންގެ ތާއީދާއެކު މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު ނުކުންނަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއީލް ޒަރިޔަންދު ނުކުންނަން ނިންމައިފިއެވެ.

މިކަން ކަށަވަރު ކޮށްދިނީ ރޭ އޮތް އެ ޕާޓީގެ ރީސެޓް ޖަލްސާގައެވެ. މި ޖަލްސާ ލޯންޗު ކޮށްދެއްވީވެސް ޔާމީނެވެ. އެ ޖަލްސާގައި ޕީއެންއެފްއިން ވަނީ މާލޭގެ މޭޔަރު ކަމަށް އެ ޕާޓީން ވާދަކުރާނީ ޒަރިޔަންދުކަން އިއުލާނު ކޮށްފައެވެ.

އޮޑިޓިންގގެ ދާއިރާގައި ގިނަ އަހަރުތަކަކު އުޅެ، ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޒަރިޔަންދު މާލޭގެ މޭޔަރު ކަމަށް ނުކުންނައިރު، އޭނާ ރޭ ބުނީ، ޕީއެންއެފްއާގުޅި އެ ޕާޓީގެ ޓިކެޓުގައި އެ މަގާމަށް ވާދަކުރަން ނިންމީ، ސަރުކާރުން ބޮޑެތި މަގާމުތަކެއްވެސް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

ޒަރިޔަންދު ބުނީ މޭޔަރު ކަމަށް ނުކުންނަން ނިންމި ސަބަބަނީ މާލެ ސިޓީ ކައުންސިލްގައި ހުރި މައްސަލަތައް ހައްލު ކުރަން ޒަރިޔަންދު ކަހަލަ މީހަކު ބޭނުންވާ ކަމަށް ޔާމީން ވިދާޅުވުމުން ކަމަށެވެ. އަދި މީގެކުރިން އެއްވެސް ސިޔާސީ ލީޑަރަކު އެކަހަލަ ވާހަކައެއް އޭނާ ގާތުގައި ނުބުނާ ކަމަށްވެސް ބުންޏެވެ.

ޒަރިޔަންދު ވަނީ 20 އަހަރު އޮޑިޓަރ ޖެނެރަލް އޮފީހުގައި މަސައްކަތް ކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީގައިވެސް އޭނާ ވަޒީފާ އަދާކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *