ރައީސްގެ ހެންވޭރު ބައްދަލުވުމުން ފެނުނީ ދާއިރާގެ ރައްޔިތުނާއި މަޖިލިސް މެމްބަރުންގެ ގުޅުން ކުޑަކަން: ފިރާގު

ރައީސްގެ ހެންވޭރު ބައްދަލުވުމުން ފެނުނީ ދާއިރާގެ ރައްޔިތުނާއި މަޖިލިސް މެމްބަރުންގެ ގުޅުން ކުޑަކަން: ފިރާގު

ރޭ ކަލާފާން ސްކޫލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނީ، އެ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ ދާއިރާގެ ރައްޔިތުންނާއެކު އޮންނަންޖެހޭ ގުޅުން ކުޑަކަން ކަމުގައި، އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ހެންވޭރު ރައްޔިތުންނާއެކު ރޭ ރައީސް ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ފިރާގު ވިދާޅުވީ، ރޭގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވުނު އަނެއްކަމަކީ، މާލޭގެ އެހެން އަވަށްތަކާއި އަޅާބަލާއިރު، އާންމުންގެ ޝާމިލުވުމާއި، ޖުމްލަ މާޙައުލު  އުފެއްދުންތެރިކަން ކުޑަކަމެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންގެ ގުޅުން ބަދަހިކުރުމަށް އަދިވެސް އެތައް ކަމެއް ކުރަން އެބަހުރި ކަމަށް ދެކެމެވެ." ފިރާގު ވިދާޅުވިއެވެ.

ރޭ ކަލާފާންގައި ރައީސް ބޭއްވި ބައްދަލުވުމުގައި ހެންވޭރަށް ނިސްބަތްވާ ވަރަށްގިނަ ބަޔަކު ވަނީ އެމީހުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް ޙިއްސާ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *