އދ. ގެ މަރުކަޒުގައި ކުރިން މަސައްކަތްކުރި ޓީމާ ޝާހިދު ބައްދަލު ކުރައްވައިފި

އދ. ގެ މަރުކަޒުގައި ކުރިން މަސައްކަތްކުރި ޓީމާ ޝާހިދު ބައްދަލު ކުރައްވައިފި

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވިއިރު، ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މަސައްކަތްކުރި ޓީމުގެ މެމްބަރުންނާ، ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

މިވަގުތު ނިއުޔޯކުގައި ހުންނެވި ޝާހިދު، އާންމު މަޖިލީހުގެ ރައީސްގެ އޮފީހަށް ވަޑައިގެން ކުރީގެ ޓީމުގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވީ، ކުރީގެ ޓީމުގެ މެމްބަރުންނާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އިޙްސާސް ކުރެއްވުނީ އާއިލީ ގުޅުމެއްގެ އިޙްސާސްތަކެއް ކަމަށާއި، އޭރުގެ ހަނދާންތައް އާވެގެންދިޔަ ކަމަށެވެ.

އެމަނިކުފާނު އދ. ގެ ރައީސް ކަމުގައި ހުންނެވިއިރު، އެ ޓީމުން ކުރި ބުރަ މަސައްކަތާއި، މުވައްޒަފުން ދެއްކި އެއްބައިވަންތަކަމާއި ކޮވިޑްގެ ނާޒުކު ވަގުތުގައިވެސް ދެއްކި ކެތްތެރިކަމާއި، އެ ވަގުތުވެސް ޚިދުމަތް ކުރުމުގައި ބެހެއްޓި ފަރުވާތެރިކަން ހަނދާން ކުރައްވައި ޝާހިދު ވިދާޅުވީ، ކާމިޔާބު ދައުރެއް އެމަނިކުފާނަށް ނިންމާލެއްވުނީ އޭރު އެކުގައި މަސައްކަތް ކުރަން ވަރުގަދަ ޓީމެއް އޮތުމުން ކަމަށެވެ.

ޝާހިދު މިވަގުތު ނިއުޔޯކަށް ވަޑައިގެން ހުންނެވީ ބައިނަލްއަގްވާމީ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *