ބޯހިޔާވަހި ކަމަށް ފިރާގު ދެއްވާ ހައްލަކީ ހައްޖު ކިއު ކަހަލަ ނިޒާމެއް ތައާރަފް ކުރުން

ބޯހިޔާވަހި ކަމަށް ފިރާގު ދެއްވާ ހައްލަކީ ހައްޖު ކިއު ކަހަލަ ނިޒާމެއް ތައާރަފް ކުރުން

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހި ކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ހައްޖު ކިއު ފަދަ ނިޒާމެއް ތައާރަފް ކުރުން ކަމަށް ވިޔަފާރިވެރިޔާ، އިނަރ މޯލްޑިވްސް އާއި އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޚިޔާލެއްގައި ފިރާގު ވިދާޅުވީ، އިޖުތިމާއީ ބޯހިޔާވަހިކަމާއި ފްލެޓްތަކަށް، ރާއްޖޭގައި މިހާރު އޮތް ހައްޖު ކިއު ނިޒާމާ އެއްގޮތް ނުވަތަ އެއަށްވުރެ ރަނގަޅު، އާންމު ޕްލެޓްފޯމެއްގައި ވަދެވޭ ގޮތަށް ހުޅުވާލެވިފައިވާ ކިއުއެއް ބޭއްވުން ރަނގަޅު ކަމަށެވެ.

އޭނާ ވިދާޅުވީ، އެފަދަ ނިޒާމެއް ތައާރަފް ކޮށްފިނަމަ، ފޯމުތައް މެދުނުކެނޑި ހުށަހެޅޭނެ ގޮތަކަށް ބައްޓަންކޮށް، ޔުނިޓްތައް ހެދުމުން ސީދާ ޝަރުތު ހަމަވާ ރައްޔިތުންނާ ހަވާލު ކުރަމުން ދެވިދާނެ ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތާއި އާއިލީ މައުލޫމާތު ރިއަލް ޓައިމްގައި އަޕްޑޭޓް ކުރެވިދާނެ ގޮތްތަށް މިހާރުވެސް ސަރުކާރުގެ ތެރޭގައި އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކިއުގައި ތިބި މީހުންގެ މަގާމު އަބަދުވެސް އެނގޭނެއެވެ. އޭރުން ކޮންމެ އާ ހުޅުވުމަކަށް އަވަސްވެގަންނަން ނުޖެހޭނެއެވެ. ސަރުކާރުން ފްލެޓް ނުވަތަ ބޯހިޔާވަހިކަމުގެ ބްލޮކެއް ބޭނުން ވެއްޖެ ނަމަ އެ ބޭނުންތައް ފުއްދުމަށް ވަކި ޕަސެންޓެއް ރިޒާވް ކުރެވިދާނެއެވެ. އަދި މި ނިޒާމުގެ ސަބަބުން އާންމުންގެ ޝަކުވާތައް މަދުކުރުމަށް ވެސް އެހީތެރިވެދޭނެ އެވެ." ފިރާގުގެ ޚިޔާލު ޙިއްސާ ކުރައްވައި ވިދާޅުވިއެވެ.

ސަރުކާރު ތަކުން ހުޅުވާލާ ބޯހިޔާވަހި ކަމުގެ ސްކީމްތަކުން ފްލެޓް ނުވަތަ ރޯހައުސް ދޫކުރާއިރު އާންމުންގެ ޝަކުވާއަކީ އަބަދުވެސް ވަރަށް ބޮޑު ޝަކުވާއެކެވެ. ޝަރުތު ހަމަވާ މީހުންނަށް ނުލިބި، ޝަރުތު ހަމަނުވާ މީހުންނަށް ބޯހިޔާވަހިކަން ލިބުމަކީ އެންމެ ބޮޑު އެއް ޝަކުވާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *