ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. މީގެކުރިން ލަފާ ކުރާ ތާރީޚް ތަކެއް ކޮމިޝަނުން ދިން ނަމަވެސް ރަސްމީކޮށް ތާރީޚް އިއުލާނު ކުރީ މިއަދުއެވެ.
ކައުންސިލް އިންތިޚާބާއެކު އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުވެސް ބާއްވާނެއެވެ. އެގޮތުން ޖުމްލަ 226 ދާއިރާއަކުން ކައުންސިލާއި އަންހެނުންގެ ކޮމިޓީ ތަކަށް އިންތިޚާބު ކުރަން ވަނީ ނިންމާފައެވެ.





