އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފި

އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)، އެ ކޮމިޓީގެ މުގައްރިރުކަމާއި ކޮމިޓީގެ މެމްބަރު ކަމުންވެސް މިއަދު ވަކި ކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާފަންނުގެ މެމްބަރުންނާއެކު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން އޮތް ބައްދަލުވުމަކާއި ގުޅޭ މެސެޖެއް ދާއިރާގެ ރައްޔިތުންނަށް އަސްމާ ކުރެއްވުމާއި ގުޅިގެން މައްސަލަ ހޫނުވެފައި ވަނިކޮށް، އެ ކޮމިޓީން އަސްމާ ވަކިކުރެއްވިކަން މަޖިލީހުގެ އިދާރާއިން ހާމަކުރީ މިއަދުއެވެ.

އަސްމާއާއި ދޭތެރޭގައި ގިނަ ފިޔަވަޅު ތަކެއް އަޅާފައި ވަނިކޮށް، އެ މެސެޖާއި ގުޅިގެން އޭނާ ވަނީ ފަހުން މައާފަށްވެސް އެދިވަޑައިގެންފައެވެ. އަސްމާ ކުރިން ކުރެއްވި މެސެޖުގައި އެދިވަޑައިގެންފައި ވަނީ ރައީސްއާ ކުރައްވަން ބޭނުންފުޅު ސުވާލެއް އޮތްނަމަ ކުރީބައިގައި އޭނާއަށް ސުވާލު ފޮނުއްވުމަށެވެ. ނަމަވެސް މައާފަށް އެދިވަޑައިގެން އަސްމާ ކުރެއްވި މެސެޖުގައި ވިދާޅުވީ، އެކަން އެގޮތަށް ކުރެއްވީ ސީދާ ރައީސްއާ ސުވާލު ނުކުރެވޭ ފަރާތްތަކުން ސުވާލެއް ކުރަން އޮތްނަމަ އެ ސުވާލެއް ފޮނުވުމުން ރައީސްއާ ހަމައަށް އެކަމެއް ގެންދިއުމުގެ ނިޔަތުގައި ކަމަށެވެ.

މިވަގުތު މަޖިލީހުގައި އަސްމާ އިންނަވާނީ ދެން ހަމައެކަނި ގެދޮރުވެރިކަމާ ގުޅޭ ކޮމިޓީގައި އެކަންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *