ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވައިފި

ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވައިފި

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވައިފިއެވެ.

ޕާޓީގެ އެޑްވައިޒަރާއި ރައީސަށް ފުރިހަމަ އިހުތިރާމާއި ބާރާ އެކު ކަންކަން ކުރިއަށް ގެންދިއުމަށް، އޭނާއަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަކީ އޭނާގެ މި ނިންމުމުގެ މައިގަނޑު ސަބަބު ކަމަށް ވަނީ ހާމަވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް މިރޭ ފައްޔާޒު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށްޓަކައި މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ. އެ ސިޓީގައި، ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށާއި އަސާސީ ގަވާއިދަށް ގެންނައުމަށް 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ކޮންގްރެސް އެއް ބޭއްވިކަން ފާހަގަ ކުރައްވާފައިވެއެވެ.

އެ ކޮންގްރެސްގެ މައިގަނޑު އެއް މަގުސަދަކީ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ހުރި ހިޔާލުތަފާތުވުންތައް ހައްލު ކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާގެ ސިޓީގައި ވާގޮތުން، "މާތް ﷲގެ އިރާދަފުޅާ އެކު އެ ކޮންގްރެސް ނިންމާލެވުނީ ވަރަށް ކާމިޔާބު ކަމާ އެކު ދެ ފަރާތުން ވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމުގެ ނިޔަތާއި އެެއްބަސްވުމާ އެކު އެވެ."

ފައްޔާޒު ފާހަގަ ކުރެއްވި ގޮތުގައި، އެ ދެ ބޭފުޅުން ވާދަ ކުރެއްވުމުގެ ނަތީޖާއަކީ ފަހުން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމެކެވެ. "މިއީ ކޮންމެހެނެއް ވެސް ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވި އެވެ،" އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީއެއްގައި ދުވަހަކު ވެސް ނޫޅުއްވާ ފައްޔާޒު ލިޔުއްވާފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އޭނާ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން ފަސް ފަހަރެއްގެ މަތީން ނަޝީދުގެ ޓީމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަ ނުކުރެއްވުމަށާއި، ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާއި، އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ނަމަވެސް ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވި، އެ ބައްދަލުވުންތައް އެ ވަގުތު ހުއްޓާލެވުނެވެ،" ފައްޔާޒު ވިދާޅުވިއެވެ.

އޭގެ ފަހުން، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތީން އަނެއްކާ ވެސް ރައީސް ނަޝީދާ އެކު މަޝްވަރާތައް ފެއްޓެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެއްބަސްވުމަކަށް އާދެވުނުކަން ވެސް އޭނާ އުފަލާ އެކު ފާހަގަ ކުރެއްވިއެވެ. އެ އެއްބަސްވުމުގައި އޮތީ ރިޔާސީ ޕްރައިމަރީއެއް ނުބާއްވައި އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަ ކުރެއްވުމަށެވެ.

އަދި ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކަށް ވޯޓަށް އެހުމާއި، އެ ވޯޓުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގާ ގޮތަށް އެއްބަސްވުނު ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް، އެއްބަސްވުމަށް އާދެވުނު ފަހުން "ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ގަބޫލު ކުރެވުނީ ރައީސް ނަޝީދު އާ އެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިޔުމަށެވެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ އިސްތިއުފާއާއެކު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ހާލަތަށް އިތުރު ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *