"މުއްދަތު ހަމަވެ އޮއްސެމުންދާ ސިޔާސީ ބޭފުޅުން" އުޅެނީ ޒުވާނުން ކޮންޓްރޯލްކޮށް ތާށިކޮށްގެން، ލީޑު ކުރަން ފުރުޞަތުދޭން ޖެހިލުންވޭ: ފިރާގު

"މުއްދަތު ހަމަވެ އޮއްސެމުންދާ ސިޔާސީ ބޭފުޅުން" އުޅެނީ ޒުވާނުން ކޮންޓްރޯލްކޮށް ތާށިކޮށްގެން، ލީޑު ކުރަން ފުރުޞަތުދޭން ޖެހިލުންވޭ: ފިރާގު

ޒުވާނުންނަށް ހައްގު މިންވަރަކީ އާދައިގެ މަގާމެއް ނޫން ކަމަށާއި، އެއަށްވުރެ ގިނަ ހައްގު ޒުވާނުންނަށް ލިބެންޖެހޭ ކަމަށާއި، ނަމަވެސް ސިޔާސީ މަސްރަޙުގައި ޒުވާނުންނަށް ލީޑު ކުރުމުގެ ފުރުޞަތު ނުދީ ޒުވާނުން ކޮންޓްރޯލްކޮށް، ފިއްތާފައިވާ ކަމަށް ވިޔަފާރިވެރިޔާ، އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޒުވާނުންނަށް ކުރިއަށް ދިއުމުގެ ފުރުޞަތު ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައި ފިރާގު ސޯޝަލްމީޑިއާގައި ވިދާޅުވީ، ފެނިގެން ދަނީ ރާއްޖޭގެ ގިނަ ޒުވާނުން ޤައުމުގެ ހަޤީޤީ ކްރީމް  އެއްފަރާތްކޮށްފައި ނުވަތަ ހަމައެކަނި ސިޔާސީ ޝަޚްސިއްޔަތު ތަކުން ހިސޯރުކޮށްގެން ތިބޭ  އަދި އެދޭ ރޯލުތަކެއްގައި ބައިތިއްބާފައިވާ ތަން ކަމަށެވެ.

"އަޅުގަނޑުމެންގެ ޒުވާނުންނަށް އާދައިގެ މަގާމު ތަކަށްވުރެ މާ ގިނަ ކަންތައްތަކެއް ހައްގެވެ. އެމީހުންނަށް ހައްގު ވަނީ ހަގީގީ ބާރުވެރި އުފެއްދުންތެރިކަން ކުރިއެރުވުމައި ، އަމިއްލަ ވިސްނުމުގެ ބޭނުން ހިފައިގެން ގައުމުގެ މިސްރާބު ބައްޓަން ކުރުމަށް ހަގީގީ ފުރުސަތުތަކެވެ. ޒުވާނުންގެ މުސްތަގުބަލާމެދު ސީރިއަސްކޮށް ވިސްނައި، ކުރިއަށް އޮތް އަހަރު ތަކުގައި އުފުލަންޖެހޭ ޒިންމާއާއި ގާބިލްކަން ދެނެގަންނަންޖެހެ އެވެ." ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ، ޒުވާނުންނަށް އިޙްތިރާމްކޮށް، ބާރުވެރިކުރުވަން ޖެހުނު ކަމުގައިވިޔަސް  ފެނިގެން ދަނީ ޒުވާނުންނާއި ގުޅުން ބަދިހިކޮށް ހިފަހައްޓަން މަސައްކަތްކުރާ ތަން ކަމަށެވެ.

"ފަނޑުވަމުންދާ ނުވަތަ މުއްދަތު ހަމަވަމުން އޮއްސެމުން ދާ ސިޔާސީ ބޭފުޅުންގެ ތަދައްޚުލުވުމެއް ނުވަތަ ނުފޫޒެއް ނެތި ލީޑް ކުރުމުގެ ހުއްދަދޭން ޖެހިލުން ވެފައިވާ ތަނެވެ. ޤައުމުގެ މުސްތަޤްބަލް ކަނޑައެޅޭނީ ޒުވާނުންގެ ޚިޔާލުތަކާއި، ހަކަތައާއި، ހިތްވަރާއި، އެކުއެވެ. އެހެންނަމަވެސް އަދިވެސް ފެނިގެން ދަނީ އެމީހުން، ކޮންޓްރޯލް ކުރުމަށާއި، ގޮތްގޮތަށް ފިއްތާ ތާށި ކުރަމުން ދާތަނެވެ." ފިރާގު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *