އަންނަ އަހަރު ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ، ފިނޭންސް މިނިސްޓްރީއާ އެކު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެހެން އިދާރާތަކެކޭ އެއްގޮތަށް އެ އިދާރާގެ މުވައްޒަފުންގެ މުސާރަވެސް ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އަންނަ އަހަރު ބޮޑުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށެވެ.
ކަސްޓަމްސްގެ މުސާރަ ބޮޑުކުރަން ނިންމާފައި މިވަނީ، 2011 ވަނަ ކަސްޓަމްސް ވުޖޫދުކުރި ފަހުން މުސާރައަށް ބަދަލެއް ނާންނަތާ 13 އަހަރު ފަހުންނެވެ.
ކަސްޓަމްސްގެ މަސައްކަތް ހަރުދަނާ ކުރުމަށް އިތުރަށް 270 މުވައްޒަފުން އިތުރަށް ބޭނުންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.






