މުސާރައަށް ގެނައި ބަދަލުގެ ކަންބޮޑުވުންތަކަށް ޖަވާބު ލިބޭނެ، ތަފުސީލް އެނގުމުން ހިތްހަމަޖެހޭނެ: ރައީސް

މުސާރައަށް ގެނައި ބަދަލުގެ ކަންބޮޑުވުންތަކަށް ޖަވާބު ލިބޭނެ، ތަފުސީލް އެނގުމުން ހިތްހަމަޖެހޭނެ: ރައީސް

ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނައި ބަދަލާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތަކާއި އޮޅުން ނުފިލާ ކަންކަމަށް ޕޭ ކޮމިޝަނުން ވަރަށް އަވަހަށް ތަފުސީލުކޮށް ޖަވާބު ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ރައީސް ވިދާޅުވީ ވިދާޅުވީ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހާއި ގުޅިގެން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ސިވިލް ސަރވިސް އަދި ޖުޑީޝަރީ ހިމެނޭގޮތަށް 20 ހާސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވިފައިވާކަމަށެވެ. އަދި ޕޭ ފްރޭމްވޯކަށް ހިޖުރަ ނުކުރާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މުސާރައަށް ގެނެވުނު ބަދަލަކާއެކު މުވައްޒަފުންގެ އާމްދަނީ އިތުރުވެގެންދާނެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަޤްސަދަކީ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ. އެގޮތުން އެންމެކުޑަކޮށް މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށްވެސް 7000 ރުފިޔާއަށް ބޮޑު އަސާސީ މުސާރައެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަސާސީ މުސާރައަށް ގެނައި ބަދަލާއެކު މުވައްޒަފުންގެ ޕެންޝަން ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި، އަދި އޭގެސަބަބުން ރިޓަޔާކުރާއިރު ފަަހަކަށް ރައްކާކުރެވިފައި ހުންނަ މިންވަރުވެސް އިތުރުވެގެންދާނެކަމަށެވެ. އަދި ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބޭ ފައިދާތައް އިތުރުކުރުމަށް ޤާނޫނަށް އިސްލާހުތައް ގެންނަވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *