މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ސަރަހައްދާ ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރަމުން ދިޔައީ 14 މީހަކު ކަމަށާއި އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކޮޅުވެއްޓި ބަންޑު ޖަހާލައިގެން އުޅޭ ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"މިހާތަނަށް ޖުމްލަ ހަ މީހަކު އައިޖީއެޗް އަށް ގެންދިވިފައިވޭ. އެ މީހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ހަތަރު ދިވެހިން" އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުނ ދެންމެ ބުނީ ކޮޅުވެއްޓީގައި ތިބީ ޖުމްލަ 14 މީހުން ކަމަށާއި އެ ހުރިހާ މީހުންވެދް ފެނިފައިވާ ކަމަށެވެ،
"އަނިޔާވި މީހުންގެ ތެރެއިން އެއް ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ" ފުލުހުން ބުންޏެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓީގެ އެތެރޭގައިވެސް މީހަކު ހުރިކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކޮޅުވެއްޓި ބަންޑު ޖަހާލި ދެ ހާދިސާއެއް މިފަހުން ހިނގާފައިވާއިރު ދެ ހާދިސާގައި ތިން މީހަކު ވަނީ މަރުވެފަ އެވެ






