ޕީއެންއެފްގެ ރައީސަކަށް, ރައީސް ޔާމީން، ނައިބަކަށް ޒެއިން

ޕީއެންއެފްގެ ރައީސަކަށް, ރައީސް ޔާމީން، ނައިބަކަށް ޒެއިން

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފުރަތަމަ ގައުމީ ޖަލްސާ ބާއްވާ، ޕާޓީގެ ރައީސަކަށް އެޕާޓީގެ ބާނީރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށްފިއެވެ.

ރޭ އާޓިފިޝަލް ބީޗުގައި ޕީއެންއެފުން ބޭއްވި ގައުމީ ޖަލްސާގައި އެޕާޓީގެ އެކި މަގާމްތަކަށް ބޭފުޅުން އިންތިހާބުކުރުން ކުރިއަށް ގެންދިޔައެވެ

އެގޮތުން ކޮންގްރެސްގައި ޕާޓީގެ ރައީސްއާ ދެ ނައިބު ރައީސުންގެ އިތުރުން ރެޖިސްޓްރާ އަދި ސެނެޓުގައި ތިބޭ 14 މެންބަރުން ވެސް އިންތިހާބުކޮޮށްފަައިވެއެވެ

ޕީއެންއެފްގެ ނައިބު ރައީސުންނަށް ހަމަޖެއްސީ ޕާޓީގެ ވަގުތީ ރައީސްްގެ މަގާމުގައި ހުންނެވި ޒޭން އަބްދުﷲ ޔާމީން އާއި ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ރައީސާއި ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލެއްވީ އެ އެބޭފުޅުން އެކަނި ކަމަށްވުމުން އޮޓަމެޓިކުން މަގާމުތަކަަށް އިންތިހާބުވީ ވޯޓަކާ ނުލައެވެ.

ޕާޓީގެ އިސް މަގާމުތަކަށް ދެން އިންތިހާބުކުރި ބޭފުޅުންގެ ތެރޭ ހިމެނެނީ, ސެކްރެޓަރީ ޖެނެރަލްއަކަށް މުހައްމަދު މަލީހް ޖަމާލް އަދ ޓްރެޝަރާއަށް އަހުމަދު މުސްތަފާއެވެ. މި ދެބޭފުޅުންވެސް އިންތިހާބުވީ ވޯޓަކާނުލައެވެ.

ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް ދެބޭފުޅަކު ވާދަކޮށްފައިވެއެވެ. އެގޮތުން ނިހާދު މުހައްމަދާ ވާދަކޮށް ރަޖިސްޓްރާގެ މަގާމު ކަށަވަރު ކުރެއްވީ އަލީ ޝިއާން ނާޝިދެވެ.

މީގެ އިތުރުން 14 ސެނެޓަރުން ވެސް ވަނީ އިންތިޚާާބުކޮށްފައެވެ.

49 ކެންޑިޑޭޓުން ވާދަކުރި އެ މަގާމަށް އިންތިޚާބުވީ:

  1. އަލްއުސްތާޛު އާާދަމް އާސިފް
  2. ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު
  3. އަބްދުއް ސަމަދު
  4. ޝަރީފާ ސައީދު
  5. ހަލީމަތު ޒުހެއިރާ
  6. އަލްއުސްތާޛު އަލީ ޝާހު
  7. ނާއިފު ޝައުކަތު
  8. ފާތިމަތު ރަހުމާ
  9. އަބްދުއް ލަތީފު
  10. އަދްލީ އިސްމާއިލް
  11. ޝަހީލު އަދީލު ޖަލީލު
  12. މައިޒަރު އާދަމް
  13. ޑރ. އަބްދުﷲ އިބްރާހިމް
  14. އައިޝަތު ހަފީޒު

މި ސެނެޓުގެ އުމުރަކީ އެއް އަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *