ދުންފަތުގެ ގާނޫނާ ޚިލާފުވެ ޖޫރިމަނާ ނުދައްކާ ލިސްޓުގައި ޝަހީމްގެ ދަރިކަލުން

ދުންފަތުގެ ގާނޫނާ ޚިލާފުވެ ޖޫރިމަނާ ނުދައްކާ ލިސްޓުގައި ޝަހީމްގެ ދަރިކަލުން

ދުންފަތުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން ހިމެނިއްޖެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ މީހުންގެ ތެރެއިން ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓު، އެ ގާނޫނުގައި ލާޒިމުކޮށްފައި ވާފަދައިން ކަސްޓަމްސް އިން އާންމު ކުރަން ފަށައިފި އެވެ.

އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމްގެ ނަން ހިމެނެނީ މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސް އިން އާންމުކުރި ލިސްޓުގެ 58 ވަނަ ނަންބަރުގައެވެ.

ލިސްޓުގައި ވާގޮތުން މާހިލް، ސީބްރީޒް / ގދ. ތިނަދޫ، ކަސްޓަމްސްއަށް ނުދައްކާ އޮތް ފައިސާ 1.23 މިލިއަން ރުފިޔާއަށް އަރައެވެ.

ލިސްޓު އާންމުކުރި އިއުލާނުގައި ކަސްޓަމްސްއިން ބުނެފައިވަނީ، ފައިސާ ނުދައްކާ ހުރި މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި އެ ތަހުގީގުތައް ނިމެމުންދާ ވަރަކަށް ލިސްޓު އަދާހަމަކުރާއިރު އޭގެ ތަފުސީލުތައް ހިމަނާނެ ކަމަށްވެސް ބުންޏެވެ.

ޖުމުލަ 680 ފަރާތެއްގެ ނަން ކަސްޓަމްސްގެ ލިސްޓުގައި ވަނީ އާއްމު ކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ނުދައްކާ އޮތް ސަލްޓަންސް އޮފް ސީސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އެކަނި އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާއަށް 110 މިލިއަން ރުފިޔާ އަރައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *