ނޮވެންބަރު މަހުގެ 2 ވާ އަދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. އަންނަ މަހުގެ 2 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖެއްސެވީ، ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސް ކަމުގައިވާ، ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސް ތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.
ރައީސްގެ މި ނިންމެވުމާއެކު މިމަހުގެ 31 އިން ފެށިގެން ނޮވެންބަރު 2 ވަނަ ދުވަހާ ހަމައަށް 4 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. އަދި މި ބަންދަށްފަހު ސަރުކާރު ދެން ހުޅުވޭނީ ނޮވެންބަރު 4 ވާ އަންގާރަ ދުވަހުއެވެ.
ރާއްޖޭގެ ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެެއްގެވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅުވައިގެންނެވެ.