ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންދަވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަމުން ކަމަށް ވިދާޅުވެ، އޭނާ މަޖިލިސް ރައީސް ކަމުން ވަކި ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ރައީސް، ގާނޫނު އަސާސީ އާއި މަޖިލިސް ގަވާއިދުގެ ބާރު ކަނޑުވާލައްވަމުން ގެންދަވާ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، މަޖިލިސް ރައީސް ޖަލްސާތައް ކުރިއަށް ގެންދަވަނީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލިސް ގަވާއިދުގެ 81 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
ވަޒީރުންނާއި ސަރުކާރުގެ މަގާމު ތަކުގައިތިބޭ މީހުންނާ ސުވާލު ކުރުމާބެހޭ ގޮތުން ގާނޫނުއަސާސީގެ 98ވަނަ މައްދާގައި ބުނަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއ،ި އެ މީހަކު އަދާކުރާންޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިނ،ް އެ މީހަކާކުރެވޭ ސުވާލުތަކަށް ތެދު ބަހުން ޖަވާބު ދިނުމަށާއ،ި އެ މީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ ކަމަށެވެ.
މަޖިލިސް ގަވާއިދުގެ 81 ވަނަ މާއްދާގައި ބުނަނީ މެންބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނ،ީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށ،ް އެ ވަޒީރަކަށް ލިޔުމުން ފޮނުވައ،ި 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.
މަޖިލިސް ގަވާއިދުގެ 80 ވަނަ މާއްދާ އާއި 81 މާއްދާގެ އިތުރުން 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާ މަޖިލިސް ރައީސް ހިލާފް ވެފައިވާކަަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން، ދައުލަތުގެ ވަޒީރުންނާ ކުރަން ފޮނުއްވާފައިވަ ސުވާލު ތައްކަށް ޖަވާބު ދިނުމަށް، ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދާ އެއްގޮތަށް މަޖިލިސް ރައީސް ވަޒީރުން މަޖިލީހަށް ހާޒިނު ނުކުރައްވާ ކަމަށެވެ.
އެއީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ބާރު ކަނޑުވާލުން ކަަމަށް ވިދާޅުވެ، އެކަމާގުޅިގެން މަޖިލިސް ރައީސަށް ފިޔަަވަޅު އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ. އެއީ މަޖިލިސް ރައީސް މަގާމުން ވަކިކުރުން ކަމަވިޔަސް އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ވަޒީރުންނާ ސުވާލު ކުރަން މަޖިލިސް މެންބަރުން ފޮނުއްވާ ސުވާލު ތަމަށް ޖަވާބުދާރީ ވުމަށް ވަޒީރުން މަޖިލީހަށް ފޮނުއްވުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަވެސް ލާޒިމް ކުރާކަމެއް ކަމަށެވެ.
އެހެންކަމުން މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަޒީރުން ނުފޮނުވާނަމަ، މަޖިލިސް ޖަލްސާތައް އެޖެންޑާ ނުކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.