އިންޑަސްޓްރިއަލް ވިލެޖެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ތިލަފުށިން 5 ބިމެއް އެޗްޑީސީން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކައިފިއެވެ.
ހޯކްސްއަށް މި ބިންތައް ވިއްކާފައި ވަނީ 64،462،412 މިލިއަން ފުރިޔާ އަށެވެ.
ވިއްކި ބިމުގެ ބޮޑު މިނާއި އަގު:
33،066.80 އަކަފޫޓު 10،713،643.20 ރުފިޔާ
6،829.58 އަކަފޫޓު 4،056،770.52 ރުފިޔާ
35،640.56 އަކަފޫޓު 21،170،492.64 ރުފިޔާ
45،184.26 އަކަފޫޓު 26،839،450.44 ރުފިޔާ
5،191.53 އަކަފޫޓު 1،682،055.72 ރުފިޔާ
މި ބިންތައް ހޯކްސްއަށް ވިއްކުމަށްފަހު، އެކަން ކަނޑައެޅުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ، ބިންތައް ވިއްކި ފައިސާ ހޯކްސްއިން އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފައި ވާތީ، އެ ބިންތައް ހޯކްސްއަށް މިލްކު ވެއްޖެ ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަަމަށެވެ.
މީގެ ކުރިންވެސް ތިލަފުށިންނާއި ހުޅުމާލެއިންވެސް އެޗްޑީސީން ހޯކްސްއަށް ވަނީ ބިން ވިއްކައިފައެވެ. އެގޮތުން 8 މިލިއަން ރުފިޔާއަށް ތިލަފުށިން ވިއްކާފައިވާ 24،701.11 އަކަފޫޓުގެ ބިމެއް ހޯކްސްއަށް މިލްކު ވެފައިވާ ކަަމަށް މިމަހުގެ 2 ވަނަ ދުވަހުވެސް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.