ފްލެޓް ތަކުގެ ތަޅުދަނޑި ހަވާލު ކުރަން ފަށައިފި

ފްލެޓް ތަކުގެ ތަޅުދަނޑި ހަވާލު ކުރަން ފަށައިފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަދަންފެށި 4000 ފްލެޓްގެ ތަޅުދަނޑި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހަވާލު ކުރަން ފަށައިފިއެވެ.

އެގޮތުން އިއްޔެ ވަނީ "އަމާން އުދަރެސް" ގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު ބަޔެއް މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފައެވެ. އެފްޑީސީ އިން ބުނީ ފްލެޓް ތަކުގެ ތަޅުދަނޑި ހަވާލު ކުރަމުން ދަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން އެ ފަރާތްތަކަށް ކަމަށެވެ. މިހާރުވެސް 500 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށްވެއެވެ.

ތަޅުދަނޑި ހަވާލުކުރަން އަންގަމުން ދަނީވެސް ޕޯޓަލް މެދުވެރިކޮށެވެ. އެ ކުންފުނިން ބުނީ އެހެން ޓަވަރު ތަކުގެ ތަޅުދަނޑިވެސް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށެވެ.

މި ޓަވަރު ތަކުގައި ހިމެނޭ ފްލެޓް ތަކުގެ ތެރެއިން، 2 ކޮޓަރީގެ އެޕާޓްމަންޓް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ. 3 ކޮޓަރީގެ ފްލެޓްތައް ދެނީ 9،500ރ. އަށެވެ. މި ފްލެޓަށް މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *