ސައުދީ އަރަބިއްޔާއަކީ އަރަބި އަދި އިސްލާމީ ދުނިޔޭގެ ބިންގާ: ޝާހިދު

ސައުދީ އަރަބިއްޔާއަކީ އަރަބި އަދި އިސްލާމީ ދުނިޔޭގެ ބިންގާ: ޝާހިދު

ސައުދީ އަރަބިއްޔާއަކީ އަރަބި އަދި އިސްލާމީ ދުނިޔޭގެ ބިންގާ ކަމަށާއި، އަދި އެ ގައުމަކީ ދުނިޔޭގެ ކަންކަމުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ލީޑު ކުރަމުން އަންނަ ގައުމެއް ކަމުގައި އެމްޑީީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ 95 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ވެރިންނަށް އެކްސް މެދުވެރި ކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި ޝާހިދު ވިދާޅުވީ، ސައުދީ އަރަބިއްޔާއަކީ އާ ކުރިއެރުންތައް އުފައްދައި، އަދި ކުރިއެރުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ.

ޝާހިދު ވިދާޅުވީ، އެދިވަޑައިގަންނަވަނީ އެ ގައުމުގައި އޮތް ޙިކުމަތްތެރި ރަސްކަމުގެ ލީޑަޝިޕްގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީތަކާއި ތަނަވަސްކަން ހޯދަމުން ދިއުން ކަމަށެވެ.

ޝާހިދު ވަނީ އެ ގައުމުގެ 95 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަޙުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން ސައުދީއަރަބިއްޔާގެ ފޮރިން މިނިސްޓަރާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ މުނާސަބަތުގައި ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ޝާހިދަކީ، ސައުދީ އަރަބިއްޔާގެ އިސްވެރިންނާވެސް ގާތް ގުޅުމެއް ބަހައްޓަވަމުން އަންނަ ބޭފުޅެކެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި، ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ކުރެއްވިއިރު، އެ ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފައެވެ. އެ ދައުރުގައި އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *