އަންނަ އަހަރު ކޮޅުފުއްޓަށް އިތުރު 100 ހައުސިން ޔުނިޓް ޔަގީން: ރައީސް

އަންނަ އަހަރު ކޮޅުފުއްޓަށް އިތުރު 100 ހައުސިން ޔުނިޓް ޔަގީން: ރައީސް

އިތުރު 100 ހައުސިން ޔުނިޓް އަންނަ އަހަރު ކޮޅުފުށީގައި އަޅުއްވައިދެއްްވާނެ ކަމުގެ ހަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިިއެވެ.

ކޮޅުފުށީ ރައްޔިތުންނަށް އެމަނިކުފާނު މި ޔަގީންކަން ދެއްވާފައި ވަނީ، ހަތަރު އަތޮޅެއްގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ހެންދުނު މ. އަތޮޅު ކޮޅުފުއްޓަށް ޒިޔާރަތް ކުރައްވައި، އެރަށު ރައްޔިތުންނާ އެއްކޮށް ބޭއްވެވި މަޝްވަރާތަކުގައެވެ.

ރައީސް ވިދާޅުވީ، ކޮޅުފުށީގައި މިހާރު އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓްތަކުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތް ކޮޅުފުށީގައި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ކަނޑައަޅާފަ އޮންނާނެ ސަރުކާރުގެ ހައުސިން އުނިޓްގެ އިތުރު ހައުސިން މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިގެން އަންނަ އަހަރު އިތުރު މަޝްރޫއެއް ހިނގާނެކަމުގެ ޔަގީންކަންދެން،"

ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ތެެރެއިން އަމިއްލަ ގޯތީގައި ހައުސިން އުނިޓް އަޅަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން އެ މަޝްރޫއު ކުރިއަށް ގެންދާނީ އަމިއްލަ ގޯތީގައި ހައުސިން އުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށްފަހު، ބާކީ ބައި ގައި ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދާގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮޅުފުށީގައި މިހާރު އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މިއަހަރުގެ ނިޔަލަށް ހަވާލުކޮށް ނިންމައިލެއްވޭނެ ކަމަށެވެ.

އެ ޔުނިޓްތަކަށް ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *