ބާސެލޯ ނަަސަންދުރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
ނަސަންދުރައިގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނެވެ. އެކަމާއި ގުޅިގެން އެމްއެެންޑީއެފުން ބުނީ ރޯވެފައިވަނީ ނަސަންދުރައިގައި ހުރި ކުނި ތަކެއްގައި ކަމަށެވެ.
ކުނި ތަކުގައި ރޯވި އެ އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ގަނޑު ނިއްވާލާފައިވަނީ ނަސަންދުރައިގެ މުވައްޒަފުންނެވެ.