އިންޑިއާއަށް މިމަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި 1 އަހަރަށް ފަސްކޮށްދީފި

އިންޑިއާއަށް މިމަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި 1 އަހަރަށް ފަސްކޮށްދީފި

ރާއްޖެއިން އިންޑިއާއަށް މިމަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި 1 އަހަރަށް ފަސްކޮށްދީފި

ރާއްޖެއިން، މިމަހު އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ ބިލް ދެއްކުން އިންޑިއާއިން 1 އަރަށް ފަސްކޮށްދީފި އެވެ.

މި ޓީ ބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ދިން ލުޔެކެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ.

ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން 2024 އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު އިތުރުކޮށްދިނެވެ. ދިޔަ އަހަރުވެސް ކޮށްދިން ގޮތަށް މިފަހަރުވެސް ފަސްކޮށްދިނީ ޓީބިލްގެ ބާކީ ނުދައްކާ އޮތް އަދަދެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ ބަލަސުބްރަމަނިއަންއާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމަކަށް ފަހު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިއަދު ހަމަވާ 50 މިލިއަން ޑޮލަރު ފަސްކޮށްދޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ލިބިފައިވާ ކަމަށެވެ.

އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ ސަރުކާރުން ވަނީ އެ 50 މިލިއަން ޑޮލަރުގެ ޓީ ބިލް ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ފަސްކޮށްދީފައި ކަމަށެވެ.

އެ ބަޔާނުގައި ހައިކޮމިޝަނުން ބުނީ ރާއްޖެއަށް ބޭނުންވާ އެފަދަ އެހީތެރިކަން މީގެ ކުރިން ވެދީފައިވާނެ ކަމަަށާއި ރާއްޖެއަކީ އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *