ސަރުކާރުގެ ފަރާތުން އަމިއްލަ މެމްބަރަކު ހުށަހެޅި މީޑިއާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބިލު ފާސްކުރީ މަޖިލީހުގެ 60 މެމްބަރުންގެ ވޯޓާއެކު ގައެވެ. ޕީއެންސީ މެމްބަރުންގެ ތާއީދާއެކު ބިލު ފާސް ކުރިއިރު، އެމްޑީޕީގެ މެމްބަރުން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.
މީޑިއާ ބިލު ފާސްކުރި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.