މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ނިލަންދޫން 9 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ނިލަންދޫން 9 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފ. ނިލަންދޫން ނުވަ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިލަންދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނަކީ ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ މި މަހު 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައާއި ގުޅިގެން، އެ ވަގުތު އެގޭގައި ތިބި ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ:

އއ. ރަސްދޫ / ދޫގަސް، މުހައްމަދު ވިސާލު (19އ)

ލ.ގަން، ތުނޑި. ހެދޭކުރި، މުޝްހަފް މުފީދު (22އ)

ނ. ލަންދޫ / ފިނިވާގެ، އިބްރާހީމް ލޫތު (20އ)

ތ. ގުރައިދޫ / ފަޒާ، އަލީ ނަވާފު (21އ)

ސ. ހިތަދޫ / ގާފިލާ، އަހުމަދު އަބާން އަލީ (20އ)

ހދ. ނޮޅިވަރަންފަރު / އަންނާރުގެ، އަބްދުﷲ ލައިޝަމް (20އ)

ސ. މީދޫ /ޝީން ، އަހުމަދު އުސްމާން (20އ)

މާލެ / ދަފްތަރު ނަންބަރު ދރ 1438، އިބްރާހީމް ނައްފާޒް (26އ)

ފ. ނިލަންދޫ / ޝަބްނަމުގެ، މުހައްމަދު މާނިއު (19އ)

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި މުހައްމަދު ވިސާލު (19އ) 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވާއިރު ދެންތިބި ހަތް މީހުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިވެސް، އެ ރަށު ބަނދަރު މަތިން ފ. ނިލަންދޫ / ޝަބްނަމުގެ، މުހައްމަދު މާނިއު (19އ) ހުއްޓުވައި ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ހުރިކަމަށް ޝައްކު ވެގެންވަނީ ހައްޔަރު ކޮށްފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *