??????

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ތަކަކީ ގެންނަންޖެހޭ އިސްލާޙުތަކެއް: ގާސިމް

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ތަކަކީ ގެންނަންޖެހޭ އިސްލާޙުތަކެއް: ގާސިމް

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅައިގެން ގެނައި އިސްލާޙު ތަކަކީ ގެންނަންޖެހޭ ރަނގަޅު އިސްލާހު ތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގެނައި އިސްލާޙުތަކާމެދު ސަރުކާރު ހިންގާ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީތަކުންނާއި ގިނަ އަދަދެއްގެ ކައުންސިލް ތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވާ ލާމަރުކަޒީ ގާނޫނުގެ އިސްލާޙުތަކާމެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައި ގާސިމް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާޙު ތަކަކީ ޔުނިޓަރީ ދައުލަތެއްގެ ނިޒާމުގެ ތެރެއަށް ހެޔޮވަރު އިސްލާހު ތަކެއް ކަމަށެވެ. ގާސިމް ވިދާޅުވީ ދިވެހި ދައުލަތަކީ ފެޑަރަލް ދައުލަތެއް ނޫން ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނު ކުރިން އޮތްގޮތުން ފެޑަރަލް ވިސްނުން ބަޔެއް ފަރާތްތަކުން ގެންގުޅޭ ކަމަށެވެ.

ގާސިމް ވިދާޅުވީ، އެކަމުގައި ރައީސް މުއިއްޒުގެ ވިސްނުންފުޅާއި އޭނާގެ ވިސްނުންފުޅުވެސް އެއްގޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ދެން އޮންނަ ކައުންސިލް އިންތިޚާބުގައި މިހާރު ތިއްބެވި ކައުންސިލަރުން ހޮވުމުގެ ބޭނުމުގައި ދައުލަތުގެ މާލިއްޔަތު ތަންނުދޭ ވަރަށް މުވައްޒަފުން ނެގުމުގެ ގާނޫނީ ބާރު ކައުންސިލް ތަކުގެ އަތުގައި އޮތުމަކީ ގަބޫލުފުޅު ކުރައްވާ ކަަމެއް ނޫން ކަމަށެވެ.

"މިސާލަކަށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ 2026 މޭ މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސް ކަމުގައި ވާތީ ކައުންސިލްތަކުގެ އިހުލާސްތެރިވާން ޖެހޭނީ ގާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް. މި އިސްލާހުގެ ސަބަބުން އަސްލުގައި ފައިދާ ވާނީ ރައްޔިތުންނަށް، ސަރުކާރަކަށް ނޫން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މިހާރު ގެނެސްފައިވާ އިސްލާހުތަކުގެ ފައިދާ އޮތީ ރައްޔިތުންނަށް ކަމަށެވެ. އަދި ވިޔަފާރި ހިންގާ ފަރާތްތަކަށްވެސް ފައިދާ އެބައޮތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *