ރަޝިޔާ ބިންހެލުން- ސުނާމީ އެރުމުގެ ބިރު ރާއްޖެއަކަށް ނެތް

ރަޝިޔާ ބިންހެލުން- ސުނާމީ އެރުމުގެ ބިރު ރާއްޖެއަކަށް ނެތް

8.7 މެގްނިޓިއުޑްގެ ބާރު މިނުގައި ރަޝިޔާއަށް އައި ބިންހެލުމާއި ގުޅިގެން ބަޔެއް ގައުމުތަކަށް ސުނާމީ އަރަމުން ދާއިރު، އެ ބިންހެލުމާއި ގުޅިގެން އިންޑިޔާ ކަނޑުގެ ގައުމުތަކަށް ސުނާމީ އެރުމުގެ ބިރު ނެތް ކަމަށް އިންޑިޔާގެ ސުނާމީ ސެންޓަރުން ބުނެފިއެވެ.

ސުނާމީގެ އެއްވެސް އިންޒާރެއް އިންޑިޔާ ކަނޑުގެ އެއްވެސް ގައުމަކަށް އަދި ނެރެފައި ނެތެވެ. އެހެންކަމުން އެފަދަ އިންޒާރެއް ރާއްޖެއަށްވެސް ނެތެވެ. ބިންހެލުން އައީ ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގައި ހުންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން، 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) ކަނޑުގެ އަޑިއަށެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިންވެސް ބުނެފައި ވަނީ ބިންހެލުން އައީ ޕެސިފިކް ކަނޑަށް ކަމަށާއި، އެހެން ކަމުން އިންޑިޔާ ކަނޑަށް އޭގެ އަސަރު ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ. ބިންހެލުން އައި ޕެސިފިކް ކަނޑާއި އިންޑިޔާ ކަނޑާ ދެމެދުގައި 9500 ކިލޯީ މީޓަރުގެ ދުރުމިން ހުރެއެވެ.

ފެސިފިކް ކަނޑުގެ ގިނަ ގައުމުތަކަށް މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. މެޓުން ބުނީ އެފަދަ އިންޒާރެއް ރާއްޖެއަށް ލިބިފައި ނެތް ކަމަށެވެ. އިންޑިޔާއިންވެސް ބުނެފައި ވަނީ އިންޑިޔާ ކަނޑަށް ސުނާމީގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *