ރަސްމީ ދަތުރެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ މޯދީ ހުންނަވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. ރައީސް ނަޝީދަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް އަބަދުވެސް ވަރުގަދައަށް ވަކާލާތު ކުރައްވ ާބޭފުޅެއްކަމަށް މި ބައްދަލު ކުރެއްވުމުގައި މޯދީ ވަނީ ވިދާޅުވެފައެވެ.
އެގޮތުން "ނެއިބަރހުޑް ފަސްޓް" ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން މޯދީ ވަނީ ވާހަކަ ދައްކަވައިފައެވެ. ކެޕޭސިޓީ ބިލްޑިންގ އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަަމަށްވެސް މި ބައްދަލުވުމުގައި މޯދީ ވަނީ ވިދާޅުވެފައެވެ.
މޯދީ މިއަދު ވަނީ ނައިބު ރައީސް ޙުސައިން މުޙަންމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއިވެސް ބައްދަލު ކުރައްވައިފައެވެ. ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައެވެ.