ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމަށްފަހު މޯދީ ވިދާޅުވީ، އިންޑިޔާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި ބެހޭގޮތުންވެސް ވާހަކަފުޅު ދެކެވުނު ކަމަށެވެ. އެގޮތުން، އިންޑިޔާ-މޯލްޑިވްސް ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާތީ އެކަމާއިބެހޭ ގޮތުންވެސް ވާހަކަފުޅު ދެކެވުނު ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތް ފުޅާކޮށް ދިނުމުގައި އިންޑިޔާއިން އެހީތެރިކަން ދެއްވާނެ ކަަމަށްވެސް ވިދާޅުވިއެވެ.
ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައިެވެ.