ނައިބު ރައީސާއި މޯދީ ބައްދަލު ކުރައްވައިފި

ނައިބު ރައީސާއި މޯދީ ބައްދަލު ކުރައްވައިފި

ނައިބު ރައީސް ޙުސައިން މުހަންމަދު ލަތީފާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމަށްފަހު މޯދީ ވިދާޅުވީ، އިންޑިޔާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ޓެކްނޮލޮޖީ އާއި ހަކަތަ އާއި އެނޫންވެސް ބަޔެއް ދާއިރާ ތަކުން ދެ ގައުމު ގުޅިގެން ގާތުން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

ދެ ގައުމުގެ ގާތް ގުޅުމުގެ ފައިދާ ދެ ގައުމުގެ ރައްޔިތުންނަށް ލިބޭނެ ކަމަށާއި އުންމީދު ކުރައްވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހު ވަމުން ދިޔުން ކަމަށް މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައިެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *