ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ސިފައިންނާއި ފުލުހުންގެ ކަންތައްކަށް އިސްކަންދިނުން: ރައީސް

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ސިފައިންނާއި ފުލުހުންގެ ކަންތައްކަށް އިސްކަންދިނުން: ރައީސް

ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކީ ސިފައިންނާއި ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށްޓަކައި، އެ ދެ މުއައްސަސާގެ ހިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އިސްކަން ދިނުން ކަމަށް ރައީސުކްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، އެ މިނިވަންކަން ދިފާއުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ފުލުހުންނާއި ސިފައިން ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ މިނިވަންކަމުގައި ފަހުރުވެރި، ދިގު މާޒީއެއް އޮތް ގައުމެއް ކަމަށެވެ. އަދި އެ މިނިވަންކަން ދިފާއުކުރުމުގައި ގައުމީ ސަލާމަތީ ބާރުތަކުން އެކި ފަހަރުމަތިން އެކި ސިފައިގައި ކުރެއްވި މަސައްކަތްތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށް ވެސް ވިދާޅުވިއެވެ.  އެހެން ކަމުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަނީ ސިފައިންނާއި ފުލުހުން ބޭނުންވާ ކަންތައްތައް ކޮށްދިނުމށް އިސްކަން ދެއްވައިގެން ކަމަށާއި، އެގޮތަށް މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަނާ ފަހުރެއް ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ގައުމަށާއި ދިވެހި ކޮންމެ ރައްޔިތަކަށް ކޮށްދެވޭ ކަމެއް ކަމަށެވެ.

އަދި ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމުގައި ކުރިއަށް އޮތްތަނުގައިވެސް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *