މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކް ކުރާ އުޅަނދުތައް ޓޯކުރާނެ ކަމުގެ އިންޒާރު މީގެކުރިން ދީފަ އެވެ. ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން މަޖީދީ މަގުން ދެ ފުރޮޅުލީ 216 ވެހިކަލާއި ހަތަރު ފުރޮޅުލީ 2 ވެހިކަލެއް ވަނީ ޓޯކޮށްފަ އެވެ.
ތަފާސް ހިސާބުގައިވާ ގޮތުން ފުލުހުން ވަނީ ތަކުރާރުކޮށް މަޖިދީ މަގުގައި ޕާކުކުރި އުޅަނދެއްވެސް ޓޯކޮށްފައެވެ. އާޓިފިޝަލް ބީޗް ސަރަހައްދުން ޓޯކޮށްފައިވާ ދެ ފުރޮޅުލީ އުޅަނދުގެ އަދަދު 164 އަރާ ކަމަށް ވެއެވެ. ހަތަރު ފުރޮޅުލީ 38 ވެހިކަލެއްގެ އިތުރުން އެ ސަރަހައްދުގައި ތަކުރާރުކޮޑް ޕާކް ކުރަމުން ދިޔަ އެއް އުޅަނދު ޓޯކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.