މާލޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ބުޅާތައް މަދުވާ ސަބަބުން ހޯދަން ފުލުހުން ނުކުމެއްޖެ އެވެ.
ބުޅާ ތަކުގެ ހައްގުގައި މަސައްކަތްކުރާ ފީލައިން ވެލްފެއާއިން ވަނީ ބުޅާތައް ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ ބަޔަކު ބުޅާތައް މަރަމުންދާ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ބުޅާތައް ދަނީ ގެއްލެމުން ކަމަށެވެ. އެނިމަލްވެލްފެއާ މިނިސްޓްރީގެ ސަމާލު ކަމަށް ބުޅާތައް ގެއްލޭ މައްސަލަ އައުމުން އެ މިނިސްޓްރީން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ސިޓީއެއް ފޮނުވައިފައެވެ.
އެ ޖަމްއިއްޔާއިން ބުނީ މާލެތެރެއިން އެންމެ ގިނައިން ބުޅާ އުޅޭ ސަރަހައްދަކީ މޭރީބްރައުން ސަރަހައްދު ކަމަށެވެ. އަދި ސަލްމާން މިސްކިތާއި އިންޑަސްޓްރިއަލް ޒޯނު ސަރަހައްދު ކަމަށެވެ. އެ ސަރަހައްދު ތަކުގައި އުޅޭ ބުޅާތައްވެސް ވަނީ މިހާރު ވަނީ އެ ހިސާބަށް ނައިސް ގެއްލިފައެވެ. މިހާރު އަންނަނީ ވަަރަށް މަދު ބުޅާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މިނިސްޓްރީއާއި ގުޅިގެން ބުޅާތައް މަދުވާ ސަބަބު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުން ބުޅާތައް ގެއްލެން މެދުވެރިވި ވަކި ސަބަބެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.