އަޅުގަނޑު ވައުދުވީ ގޮތަށް ރ. އަތޮޅު ފެރީގެ ޚިދުމަތް ފެށިއްޖެ: ރައީސް

އަޅުގަނޑު ވައުދުވީ ގޮތަށް ރ. އަތޮޅު ފެރީގެ ޚިދުމަތް ފެށިއްޖެ: ރައީސް

މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް މިހާރު އެ އަތޮޅުގައި ފެރީގެ ޚިދުމަތް ފެށިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ވިދާޅުވީ، ފެރީގެ ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

"ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް މިއަދު ރ އަތޮޅު ފެރީ ޚިދުމަތް ވަނީ ފަށާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުނުއިރު، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައިވެސް ފެރީގެ ޚިދުމަތް ފަށާނެ ކަަމަށެވެ.

"ޖުލައި ނިމުމުގެ ކުރިން ބ. އަތޮޅުގަައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެންދާނެ، އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށް. " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފެރީގެ ޚިދުމަތް ނުފެށި ދެން ހުރި ހުރިހާ އަތޮޅެއްގައިވެސް މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ފެރީގެ ޚިދުމަތް ފަށާނެ ކަަމަށެވެ.

" ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރިޔަށް." ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *